ގަމު ބޮޑުމަގު ފާލަން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

Gamu bodumagu faalan tharahgee kohdheyne faraatheh hoadhanee

ލ.ގަމު ބޮޑުތަކުރުފާނުމަގު (ބޮޑުމަގު) ފާލަން ޑިޒައިން އެންޑް ބިލްޑް އުސޫލުން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ބޮޑުމަގު ފާލަން ޑިޒައިން އެންޑް ބިޑްގެ އުސޫލުން ތަރައްގީކުރުމަަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުމަށެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 500 ރުފިޔާއެވެ. ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމެންޓް ކައުންސިލުން ހިއްސާކުރާނެއެވެ. ޓްރާންފަރ ކުރަންވީ އެކައުންޓް ނަމްބަރ އަދި ވައިބަރ ނަމްބަރުވެސް ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ ހިއްސާކޮށްފައެވެ.

ބިޑް ޑޮކިއުމެންޓް ވިއްކުން މިމަހު 30 ވަނަ ދުވަހު 12:00 އާއި ހަމައަށް ކުރިއަށްދާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ މެއި މަހު 6 ވަނަ ދުވަހުު 13:00 ގައި ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted