ފޮނަދޫގައި އޮންނަ އޭއެފްސީ ”ސީ“ ލައިސަންސް ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

Fonadhoo gai onna Afc "c" license course gai baiverivumah hulhuvaalaifi

ލ.ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ”ސީ“ ލައިސަންސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭއެފްސީގެ އެހީތެރިކަމާއެކު ފުޓުބޯޅަ އެސޯސިއޭޝަން  އިން އިންތިޒާމުކޮށްގެން ބާއްވާ މި ކޯސް ކުރިއަށްދާނީ މި މަހު 15 އިން 30 ގެ ނިޔަލަށެވެ. މި ކޯހަކީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އިން، ލާމު އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މިކޯހުގައި ބައިވެރިވުމުގެ ސުންގަނޑިއަކީ މިމަހުގެ 8 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް ސްޕޯޓްސްގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ވަނީ ހިއްސާކޮށްފައެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 3347412 އަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments