ކަސްޓަމާ ސާވިސް އާއި ރިސޯޓު މިއުޒީޝަން ހިމެނޭހެން ބައެއް ދާއިރާތައް ހަމައެކަނި ދިވެހީންނަސް ހާއްސަކުރަނީ

Customer Service aai resort musician himeyneyhen baeh dhairaa thah hama ekani dhivehinnah haahsa kuranee

ކަސްޓަމާ ސާވިސް އާއި ރިސޯޓް މިއުޒީޝަން ހިމެނޭހެން ބައެއް ދާއިރާތަކުގެ ވަޒީފާތަކުގައި ހަމައެކަނި ދިވެހީންނަށް ތިބެވޭގޮތަށް ހާއްސަކުރަން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ތަމްރީނު ދީގެން، އެ ދާއިރާތަކުގެ ވަޒީފާތައް ދިވެހީންނަށް ހާއްސަ ކުރާނެކަމަށެވެ.

ހަމައެކަނި ދިވެހީންނަށް ހާއްސަކުރާ ދާއިރާތައް:

  • އޮޑިދޯނިފަހަރު ބަނުން
  • މާވަޑާމުގެ ދާއިރާ
  • ހެއާ ޑްރެސާ އެންޑް ބިއުޓީޝަން
  • ރިސޯޓު މިއުޒީޝަނުންނާއި ބޭންޑް
  • ކަސްޓަމާ ސާވިސް
  • ހައުސްކީޕިން މެނޭޖާ
  • ފްރަންޓް އޮފީސް މެނޭޖާ
  • ހިއުމަން ރިސޯސަސް މެނޭޖާ
  • ޑައިވިން އިންސްޓްރަކްޓާ
  • ޓުއާ ގައިޑުން

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް އެ ދާއިރާތަކުން ތިބެންވާނީ އެކަށީގެންވާ ވަރަށް ދިވެހީން ކަމަށާއި، އެ ދާއިރާތަކުގެ ކުންފުނިތަކުން އިސްނަގައިގެން، ސަރުކާރާ ގުޅިގެން ހިންގާ ޕްރޮގްރާމުތަކާއި އަމިއްލަ ގޮތުން ވެސް ދިވެހީން ތަމްރީނުކޮށްފިކަމަށެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted