ޖަޕާނުން ހަދިޔާކުރި ސީސީޓިވީ ކެމެރާތައް ފޮނަދޫ ޕޮލިހުންނާ ހަވާލުކޮށްފި

Japan in hadhiyaa kuri cctv camera thah fonadhoo polihunnaa havaalukohfi

ޖަޕާނު ސަރުކާރުގެ އެހީގައި ދިވެހި ފުލުހުންގެ ޚިދުމަތައް ހަދިޔާ ކުރި ސީސީޓީވީ ކެމެރާ ތަކުގެ ތެރެއިން ފޮނަދޫގެ ސީސީޓީވީ ކެމެރާ އިކުއިޕްމެންޓްތައް ފޮނަދޫގެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިއީ ”ޕްރޮޖެކްޓް ފޯ އެންހޭންސްމަންޓް އޮފް އެބިލިޓީ އިން މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ އިން މޯލްޑިވްސް“ގެ ދަށުން، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ ގުޅިގެން ހަދިޔާކޮށްފައިވާ ސަވައިލެންސް އިކުއިޕްމެންޓްތަކެކެވެ.

ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި، އެތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރުމިކޯ އިޝިގާމީއެވެ. މި ރަސްމިއްޔާތުގައި ފޮނަދޫ ކައުންސިލްގެ ފަރާތުން އަގުވަޒަންކުރުމުގެ ގޮތުން ޖަޕާނު އެމްބަސީއަށާއި ޔޫއެންއޯޑީސީއަށް ވަނީ ހަނދާނީ ފިލައެއް ވެސް ދީފައެވެ.

ޖަޕާނުން ހަދިޔާކުރި ސީސީޓީވީ ކެމެރާ އިކުއިޕްމެންޓްގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތަކާއި، މަސްވެރިކަމުގެ ސިނާއަތުގައި ހިނގާ ކުށްތަކާއި، ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ތަންތަނަށް އަސަރުކުރާ ކުށްތައް ހަރުދަނާ ގޮތެއްގައި ހުއްޓުވުމަށް ބޭނުންހިފޭނެ ކަމަށް އެ އެމްބަސީން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted