މާބާއިދޫ ކައުންސިލުން ތަރައްގީ ކުރި ކުޑަކުދިންގެ ފިތުރޯނު ޕާކު ހުޅުވައިފި

Maabaidhoo council in tharahgee kuri kuda kudhinge fithuroanu park hulhuvaifi

ލ.މާބައިދޫ ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ފިތުރޯނު ޕާކު ހުޅުވައިފިއެވެ.

މި ޕާކު ރަސްމީކޮށް ހުޅުވާފައިވަނީ ކުޑަކުދިންގެ ދުވަހުގެ ހަވީރުގައެެވެ. މި ޕާކު ހެދުމަށް ބޭނުންކުރި ސާމާނަކީ ލ. އިސްދޫ އަބްދު ﷲ ފައްޔާޒް ގެ ފަރާތުން މަބައިދޫ ކައުންސިލަށް ހަދިޔާ ކުރެއްވި ތަކެއްޗެވެ. ޕާކު ހެދުމާއި، ދެން ހުރި ހުރިހާ ހަރަދެއް ކުރީ މާބާއިދޫ ކައުންސިލުންނެވެ.

މި މަސައްކަތް ކުރިއަށް ގެންދިޔައީ މާބައިދޫ ކައުންސިލްގެ މުވައްޒަފުންނާއި ޑަބްލިއުޑީސީގެ މުވައްޒަފުން ނިކުމެއެވެ.

މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާޅުވީ މި މަސައްކަތުގެ ޝަރަފުވެރި ފަރާތަކީ ޕާކުގައި ބޭނުންކުރާނެ އެންމެހާ ތަކެތި ހަދިޔާކުރެއްވި އަބްދު ﷲ ފަޔާޒް ކަމަށެވެ. އެކަަމަށްޓަކައި މާބައިދޫ ކައުންސިލުން ވަނީ އެފަރާތައް ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރުދަންނަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted