ގައުމީ ފެންވަރުގައި އީދު ފާހަގަކުރުން: މާލެއިން ކައްދުއަށް ފްލައިޓް ޖާގަ ނުލިބޭތީ ގިނަ ކަންބޮޑުވުންތަކެއް!

Gaumee fenvarugai eid faahaga kurun: Male in kahdhoo ah flight jaaga nulibeythee gina kanboduvunthakeh!

ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތަކުގައި ލ.ގަން ހިމެނޭއިރު، މާލެ އިން ކައްދޫއަށް ދަތުރުކުރާ ފްލައިޓްތަކުން ޖާގަ ނުލިބޭތީ ގިނަ ބަޔަކު ކަންބޮނޑުވުން ފާޅުކުރަން ފަށައިފިއެވެ.

ސަރުކާރުން ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތައް މި މަހުގެ 15 ވަނަ ދުވަހު އިއުލާނު ކުރިއިރުގައިވެސް، އަންނަ މަސް ފެށިގެން 8 ވަނަ ދުވަހާ ހަމައަށް މާލެއިން ކައްދޫއަށް ދަތުރުކުރާ ފްލައިޓްތައް ވަނީ ފުލް ވެފައެވެ. މާލެއިން ލާމު އަތޮޅަށް ދަތުރުކުރުމަށް ބޭނުންވާ ގިނަ ބަޔަކު ދަނީ ފްލައިޓްތައް ފުލްވެގެން ކަންބޮނޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ލާމު އަތޮޅަށް ނިސްބަތްވާ މީހުންނާއި އަތޮޅުން ބޭރު، ލާމަށް ދަތުރުކުރުމަށް ބޭނުންވާ މީހުން ހިމެނެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ދުވަސްވަރެއް ކަމުން ކަނޑުމަގުން ލާންޗު ދަތުރުކުރުމަކީ ރައްކާތެރިގޮތެއް ނޫނެވެ. އެހެންކަމުން، ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް ނިންމާފައިވާއިރު، މާލެއިން ކައްދޫއަށް ފްލައިޓްތައް ޝެޑިއުލް ނުކޮށް އެންމެ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ. މިހާރުން ފެށިގެން ގިނަ ބަޔަކު އީދު ޗުއްޓީ ރާވަމުންދާއިރު، ލާމަށް ދަތުރުކުރެވޭނެ މަގެއް ނެތުމީ، އެ ފަރާތްތައް ހިޔާރުކުރާ މަންޒިލް ބަދަލުވާނެ ކަމެކެވެ.

އީދު ޗުއްޓީއަށް ލާމު އަތޮޅަކީ ކޮންމެ އަހަރެއްގައިވެސް، ޑިމާންޑް ބޮޑު އަތޮޅެކެވެ. މިއަހަރުގެ ބޮޑު އީދު ލާމު ގަމުގައި ގައުމީ ފެންވަރުގައި ފާހަގަކުރާތީ އެހެން އަހަރުތަކަށް ވުރެ ވެސް ޑިމާންޑް ބޮޑެވެ. މީގެއިތުރުން، އަންނަ މަހުގެ 7 ވަނަ ދުވަހު ގަމު ކައުންސިލް ބައިބަލާ ޗެލެންޖް ފެށުންވެސް ވެގެންދާނީ ޑިމާންޑް އިތުރު ވާނެ ކަމަކަށެވެ.

ގަމުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރުމުގެ މަސައްކަތް ގަމު ކައުންސިލާއި މަދަނީ ޖަމިއްޔާތަކުން ވަނީ ފަށާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments