ގަމު ކައުންސިލް ބަށި ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Gamu Council bashi boalha mubaaraathugai baiverivumuge furusathu hulhuvaalaifi

ލ.ގަމު ކައުންސިލްގެ ބަށި ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ގަމު ކައުންސިލާއި ނޭޝަނަލް ބަށި ބޯލް އެސޯސިއޭޝަންއާ ގުޅިގެން ބާއްވާ ބަށި މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ގަމަށް ނިސްބަތްވާ ކުލަބު ޖަމިއްޔާތަކަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހު 3 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު ވަނީ ގަމު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 13 ވަނަދުވަހުގައެވެ.

ލ.ގަމަކީ ގިނަ އަދަދެއްގެ ބަށި ކުޅުންތެރިން ތިބި ، ބަށީގައި ފާހަގަކޮށްލެވޭ ރަށެކެވެ. އަދި ގަމުގެ ބަށި ކުޅުންތެރިން ވަނީ ރަށް ތަމްސީލުކޮށްގެން ގައުމީ ފެންވަރުގައި ރަން ވަނަތައް ގާސިލްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted