ބޮޑުބެރު ޗެލެންޖުގެ ފަހުރުވެރި 3 ވަނަ ކާމިޔާބުކުރި ރިދަމް ބޮޑުބެރު ގްރޫޕްއަށް މަރުހަބާ ކިއުން މިރޭ!

Boduberu challengege fahuruveri 3 vana kaamiyaabukuri rythm boduberu group ah maruhabaa kiyun mirey!

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ބޮޑުބެރު ޗެލެންޖުގެ ފަހުރުވެރި 3 ވަނަ ކާމިޔާބުކުރި ރިދަމް ބޮޑުބެރު ގްރޫޕްއަށް މަރުހަބާ ކިއުމަށް ލ.ގަމު ކައުންސިލުން ނިންމައިފިއެވެ.

ގަމު ކައުންސިލުން ބުނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ބޮޑުބެރު ޗެލެންޖުގައި ބައިވެރިވެ، މޮޅު ހުށަހެޅުންތަކެއް ހުށަހަޅައިދީ ފައިނަލާއި ހަމައަށް ދަތުރުކުރި ރިދަމް ބޮޑުބެރު ގުރޫޕް, ރަށަށް އަންނަ ވަގުތު، ކައްދޫއިން މަރުހަބާ ކިޔުން މިރޭ އޮންނާނެ ކަމަށެވެ. އެގޮތުން، ގަމު ކައުންސިލުން ވަނީ މަރުހަބާ ކިއަން ކައްދޫއަށް ދިއުމަށް ބަސްދަތުރުތަކެއް އިންތިޒާމުކޮށްފައެވެ.

ބަސްދަތުރުތައް ފަށާނީ އިހައްދޫ ސުކޫލް ކައިރިން މިރޭ 7:00 ގައެވެ. އެއަށް ފަހު ވިލާކޮލެޖު ކައިރި، ހަމަދު ސުކޫލް ކައިރި އަދި މުކުރިމަގު ސްޓޭޖް ކައިރީގައި ބަސް މަޑު ކުރާނެއެވެ. މި ހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގަމު ކައުންސިލުން ވަނީ އެދިފައެވެ.އަދި ކައްދޫއަށް ދާއިރު މާފަތި، ރުފިޔާފަތި، މާބޮނޑި ހަދައިގެން ދިއުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments