ބޮޑުބެރު ޗެލެންޖުގެ ރަން ވަނަތައް ހާސިލްކުރި ރިދަމް އަށް ލާމުން ކިއީ ހޫނު މަރުހަބާއެެއް!
Boduberu challeng ge ran vana thah haasil kuri rhythm ah laamun kiyee hoonu maruhabaa eh!

ދިވެހި އުފެއްދުންތެރި މައުރަޒުގެ ބޮޑުބެރު ޗެލެންޖު ގައި ބައިވެރިވެ، މުޅި ލާމު ތަމްސީލުކޮށް ރަންވަނަތައް ހާސިލްކުރި ރިދަމް ބޮޑުބެރު ގްރޫޕްއަށް ލާމުގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ބޮޑުބެރު ޗެލެންޖުގައި ބައިވެރިވެ، މޮޅު ހުށަހެޅުންތަކެއް ހުށަހަޅައިދީ ފައިނަލާއި ހަމައަށް ދަތުރުކުރި ރިދަމް ބޮޑުބެރު ގުރޫޕް, ރަށަށް އައި ވަގުތު ކައްދޫ އިން ލާމުގެ ރައްޔިތުން ވަނީ މަރުހަބާ ކިޔާފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، ގަމު ކައުންސިލުން ވަނީ މި ކާމިޔާބީގެ އުފަލުގައި ރިދަމް ބޮޑުބެރު ގްރޫޕްއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
ރިދަމްއަށް މަރުހަބާ ކިއުމަށްޓަކައި ލ. ގަމު ތުނޑީ ފަރިގޮމަ ބޮޑުބެރު ގްރޫޕްއިން ވެސް ބައިވެރިވެފައިވެއެވެ.
މުޅި މުބާރާތުގެ ފަހުރުވެރި 3 ވަނަ ރިދަމް އިން ހާސިލްކޮށްފައިވާއިރު، މުޅި މުބާރާތުގެ އެންމެ ފުރިހަމަ ޒުވާބު ކިޔާފައިވާ ޓީމަކަށް ހޮވުނީ ވެސް ރިދަމް އެވެ. އަދި މުޅި މުބާރާތުގައި އެންމެ ގިނަ ހުނަރު ދެއްކި ބައިވެރިޔަކަށް ހޮވިފައިވަނީ ރިދަމް ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓް މުހައްމަދު އަފްސަރު ( ދަތްޕި) އެވެ.
ރިދަމް ބޮޑުބެރު ގްރޫޕް އިން 3 ވަނަ އަށް ހޮވުމުން، އިނާމުގެ ގޮތުގައި 25،000 ރުފިޔާ އެ ގްރޫޕްއަށް ލިބުނެވެ.