ކޯޑީގެ ކުޅިވަރުތަކާއި ވާދެމުން ހިމެނޭހެން “ތުނޑި މާ މަޖާ”!
Koadee ge kulhivaru thakaai vaadhemun himeneyhen "thundi maa majaa"!

ކޯޑީގެ ކުޅިވަރުތަކާއި ވާދެމުން ހިމެނޭހެން ގިނަ ކުޅިވަރުތަކާއެކު “ތުނޑި މާ މަޖާ” ޝެޑިއުލް އާންމުކޮށްފިއެވެ.
“ތުނޑީި މާ މަޖާ” ގެ ކުޅިވަރުތައް ވަނީ ހަތަރު ދުވަހަށް ބަހާލާފައެވެ. އޮގުތުން ފުރަތަމަ ދުވަހުގެ ހަރަކާތްތަކަށް ބަލާއިރު، އީދުގެ ކުޅިވަރުތައް ފަށާނީ އީދު ގަސް ރޯކުރުމުންނެވެ. ގަސް ރޯކުރާނީ ރިވަރީސް ބީޗު، ފަތިހު 05:45 ގައެވެ. އެއަށްފަހު އީދު ނަމާދަށްފަހު އެދުވަހުގެ ކުޅިވަރުތައް ފަށާނީ ހެނދުނުު 08:30 ގައެވެ.
ހެނދުނުގައި އޮންނާނީ ފޯލި ކުޅުމާއި އީދު ބެރު ޖެހުމެވެ. މި ކުޅިވަރުތައް ކުރިއަށްދާނީ ތުނޑީ ބަނދަރު ސަރަހައްދުގައެވެ. ހަވީރު އޮންނާނީ ވާދެމުން ޗެލެންޖާއި ކަނބަލުންގެ ބަށި މެޗު އަދި ބޮސް ކުޅުމެވެ. ހަވީރުގެ ކުޅިވަރިތައް ފަށާނީ ހަވީރު 16:00 ގައި ވިލާ ކޮލެޖުގެ ހުސްބިމުގައި ތައްޔާރުކޮށްފައިވާ ތުނޑީ ކުޅިވަރު ބިމުގައެވެ.
ދެވަނަ އީދު ދުވަހުގެ ހަރަކާތްތައް:
- 08:30 – ވާދެމުން ޗެލެންޖު (ތުނޑީ ކުޅިވަރު ބިން)
- 09:30 – ދަފިނެގުން (ތުނޑީ ބޮޑު މަގުތަކުގައި)
- 14:00- ވާދެމުން ޗެލެންޖު (ތުނޑީ ކުޅިވަރު ބިން)
- 14:30- ފައިގަ ތަޅާ (ތުނޑީ ކުޅިވަރު ބިން)
- 14:45- ތިން މުގޯލި (ތުނޑީ ކުޅިވަރު ބިން)
- 16:30- ކަލަރ ރަން (ސިނާއީ މަގު ކޮޅު)
- 21:00- ސަގާފީ ކުޅިވަރު (ތުނޑީ ސްޓޭޖް)
ތިންވަނަ ދުވަހުގެ ހަރަކާތްތައް:
08:30- ބީޗު ފެސްޓިވަލް (ރިވަރީސްް ބީޗް)
14:00- ކުއްލި ރޭސް (ތުނޑި ކުޅިވަރު ބިން)
16:00- ކަނބަލުންގެ ބޮސް/ ފެން ކުޅުން (ތުނޑި ކުޅިވަރު ބިން)
16:30- ކޯޑި ޖެހުން (ތުނޑި ކުޅިވަރު ބިން)
17:00- ވާދެމުން ޗެލެންޖު (ތުނޑި ކުޅިވަރު ބިން)
21:00- ކޯޑި ޝަރީއަތް (ތުނޑީ ސްޓޭޖް)
އީދުގެ އެންމެ ފަހު ދުވަހު ފުރަތަމަ ހަރަކާތެއްގެ ގޮތުގައި އޮތީ ހެނދުނު 9 ޖަހާއިރު ކޯޑި ކެނޑި މީހާ ގޮވައިގެން ތުނޑީގެ ބޮޑެތި މަގުތަކުގައި ނެށުމެވެ. އެއަށްފަހު އީދު ހަތަރުވަނަ ދުވަހުގެ ކުޅިވަރުތައް ފެށޭނީ ހަވީރުގައެވެ. އެދުވަހު ހަވީރު ކަނބަލުންގެ ކޯޑި ކެނޑި މީހާ ނެށުމާއި ވާދެމުން ޗެލެނއޖުގެ ފައިނަލްވެސް އޮންނާނެއެވެ. އެއަށްފަހު ސަގާފީ އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ މި ހާއްސަ ސައި ވެސް އޮންނާނީ ތުނޑީ ކުޅިވަރު ބިމުގައެވެ.
“ތުނޑި މާ މަޖާ” އީދު ކުޅިވަރުތައް ނިންމާލާނީ ބޭކުޅުމާއި ބޮޑުމަސް ދުއްވުމުންނެވެ. މި ހަރަކާތް އޮންނާނީ އީދު ހަތަރު ވަނަ ދުވަހުގެ ރޭ 20:30 ގައި
ތުނޑީ ކުޅިވަރު ބިމުގައެވެ.