9 ޓީމާއެކު ގަމު ކައުންސިލް ބައިބަލާ ޗެލެންޖް ފަށައިފި

9 Team aa eku Gamu Council Baibalaa Challenge fashaifi

ހައްދުންމަތީ ގަމު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިޔަށްގެންދާ ގަމު ކައުންސިލް ބައިބަލާ ޗެލެންޖް 2025 ފަށައިފިއެވެ.

ޖުމްލަ ނުވަ ޓީމާއެކު މި މުބާރާތް ފަށާފައިވަނީ މިރޭގައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ނުވަ ޓީމަކީވެސް ގަމަށް ނިސްބަތްވާ ނުވަ ޓީމެވެ. މިރޭ މުބާރާތް ފަށާފައިވާއިރު، ޖުމްލަ ފަސް މެޗު މިރޭ ކުޅެފައިވެއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ ފިނޮޅު ސްޕޯޓްސް ކްލަބާއި ބެސްޓް ސްޕޯޓްސް ކްލަބެވެ. ފިނޮޅުން ވަނީ ފަސޭހަކަމާއެކު ދެ ގޭމު ކާމިޔާބުކޮށް، މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މުކުރިމަގު ނިއު ޖެނެރޭޝަން ނިކުތީ ޔުނައިޓެޑް ފިނޮޅު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ގޭމު، ބޭރުން ކުޅެ ކާމިޔާބުކުރީ މުކުރިމަގު ޓީމުންނެވެ. އަދި ޔުނައިޓެޑް ފިނޮޅުން ދެވަނަ ގޭމު ކާމިޔާބުކުރުމާއެކު، މެޗު ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ. ގަދަ ހިފުން ކާމިޔާބުކޮށް، މުކުރިމަގު ޓީމުން ވަނީ ޔުނައިޓެޑް ފިނޮޅުގެ މައްޗަށް ކުރިހޯދާފައެވެ.

ތިންވަނަ މެޗުގައި މުކުރިމަގު އަންޑަގްރައުންޑުން ވަނީ ސީދާ ދެ ގޭމުން ތުނޑި ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. އަދި ހަތަރުވަނަ މެޗުގައި މުކުރިމަގު އަންބީޓެން އިން ދެ ގޭމުން ގޯޅި ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ފަހު މެޗުގައި ފިނޮޅު ސްޕޯޓްސް ކްލަބުން ވަނީ ފަސޭހަކަމާއެކު ފޮއެމަތި ބަލިކޮށްފައެވެ.

މާދަމާ ރޭވެސް މުބާރާތުގެ ފޯރިގަދަ ފަސް މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:15 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments