ސޭލްސް ޕްރޮމޯޝަން ދަތުރެއްގައި އެމްޓީސީސީ ކަށަވަރު ޓީމް ލާމު އަތޮޅުގައި!
Sales promotion dhathurehgai MTCC kashavaru team laamu atoll gai!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) ގެ ކަށަަވަރު ޓީމުން ކުރިއަށްގެންދާ ސޭލްސް ޕްރޮމޯޝަން ދަތުރުގައި ލާމު އަތޮޅަށް ޒިޔާރަތްކޮށްފިއެވެ.
މިމަހުގެ 22 އިން މިމަހުގެ 28 ގެ ނިޔަލަށް އެ ޓީމުން ލާމު އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި، އެ ރަށްރަށުގެ ބޯޓް ޔާޑްތަކަށް ޒިޔާރަތްކޮށް، އޮޑިފަަހަރު ބަންނަ ފަރާތްތަކާއި ކަސްޓަމަރުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މި ދަތުރުގައި
އިންޖީނު އިންސްޕެކްޝަންތައް ހަދައި، ސަރވިސް ރެކޮމެންޑޭޝަން ދީ، އަދި އެމްޓީސީސީން ވިއްކާ އުފެއްދުންތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ.