ދައުރު ނިމުމުގެ ކުރިން ސްކޫލު ނިމޭ ގްރޭޑް އޭލެވެލް އަށް ބަދަލުކުރަނީ

Dhauru nimumuge kurin school nimey grade A'level ah badhalu kuranee

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދައުރު ނިމުމުގެ ކުރިން ސްކޫލު ނިމޭ ގްރޭޑް އޭލެވެލް އަށް ބަދަލުކުރައްވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރުމަށްޓަަކައި ސަރުކާރުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 ޕަސެންޓު އިތުރުވިކަމަށެވެ.

“ދަރިވަރުން ބާކީ ކުުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭ ލެވެލް އެއީ ސްކޫލް ނިންމާ މަރުހަލާގެ ގޮތުގައި، އިރާދަކުރެއްވިއްޔާމުން މި ފަސް އަހަރު ނިމިގެންދާއިރު، ކަނޑައެޅިގެން ދިއުމަކީ އެއީ ރާއްޖޭގެ ކުރިއެރުމަށް ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރަން، ” މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން އަތޮޅުތެރޭގެ 23 ސްކޫލެއްގައި އޭ ލެވެލް ކިޔަވައިދޭން ފަށާފައިވާއިރު، ދެ މާއްދާއިން ފާސްވިޔަސް އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދޭން ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments