މޮރޯ މޯލްޑިވްސްގެ 8 ވަނަ ގެސްޓުހައުސް “މޮރޯ އެސް ޑަބްލިއު ލާމު” ލޯންޗުކޮށްފި

Moro Maldives ge 8 vana guesthouse "Moro SW Laamu" launch kohfi

މޮރޯ މޯލްޑިވްސްގެ 8 ވަނަ ގެސްޓްހައުސް “މޮރޯ އެސް ޑަބްލިއު ލާމު” ލޯންޗުކޮށްފިއެވެ.

“މޮރޯ” އަކީ އިންޓަނޭޝަލް ބްރޭންޑެއް ކަމަށްވާއިރު، މިވަގުތު ރާއްޖޭގައި ހުރި އެންމެ ގިނަ ގެސްޓުހައުސް ބްރޭންޑް އަކީ ވެސް މޮރޯއެވެ. “މޮރޯ އެސް ޑަބްލިއު ލާމު” އަކީ މޮރޯ މޯލްޑިވްސް އާ ލ.ގަމުގައި ހުންނަ “އެސް ޑަބްލިއު ރެސިޑެންސް” ގުޅިގެން ހުޅުވާފައިވާ ގެސްޓު ހައުސްއެކެވެ.

މޮރޯ މީގެ 11 މަސް ކުރިން ރާއްޖެއަށް ތައާރަފުވެފައިވާއިރު، އެންމެ ފުރަތަމަ މޮރޯގެ ގެސްޓު ހައުސްއެއް ހުޅުވީ ކ.ދިއްފުށީގައެވެ.

މޮރޯގެ 8 ވަނަ ގެސްޓުހައުސް ލާމުގައި ލޯންޗުކޮށްފައިވާއިރު، މޮރޯގެ ހުރިހާ ގެސްޓުހައުސްތަކެއް ރަސްމީކޮށް ލޯންޗުކުރާނީ މޮރޯ މޯލްޑިވްސްގެ އަހަރީ ދުވަސްކަމަށްވާ، މި ޖުލައި މަހު 25 ގައެވެ.

ލާމު ގަން މަތިމަރަދޫ ގައި “މޮރޯ އެސް ޑަބްލިއު ލާމު” ލޯންޗުކޮށްފައިވާއިރު، މޮރޯ ވާނީ ރާއްޖޭގައި އެންމެ އަވަހަށް ކުރިއަރައިގެންދިޔަ ގެސްޓުހައުސް ވިޔަފާރިއަށެވެ. މޮރޯގެ ފައުންޑަރ ޝައްމާހް މައުލޫމާތު ދިންގޮތުގައި ގެސްޓު ހައުސް ވިޔަފާރި ރާއްޖެއަށް ތައާރަފު ކުރިއިރުގައިވެސް ލާމު އަތޮޅަށް ވަރަށް ބޮޑު ޑިމާންޑެއް އޮތެވެ.

“ޕަބްލިކް ސަޕޯޓް ވަރަށް ބޮޑަށް ލިބޭ ލާމަށް. ނެޗުރަލް ބިއުޓީއާ ހުރިހާ ކަމަކަށް ބަލާފައި، ވަރަށް އައިޑިއަލް ލޮކޭޝަން އަކަށް ލާމު ވަނީ. ގެސްޓްހައުސް ވިޔަފާރި އެހާ ތަރައްގީ ނުވެ އިންނަ ރަށަކަށް ވާތީވެ، ޕަބްލިކް އިން ވެސް ބޭނުންވޭ މޮރޯ ކަހަލަ ބްރޭންޑެއް” މޮރޯގެ ފައުންޑަރ ޝައްމާާާާޚް.

ޝައްމާޚް ބުނީ މޮރޯ އިން ޓާގެޓް ކުރަނީ ވަކި ގެސްޓްހައުސް ވިޔަފާރި މަޝްހޫރު ތަންތަނަށް ނޫން ކަމަށާއި އައިޑިއަލް ލޮކޭޝަންތަކަށް ކަމަށެވެ. މީގެއިތުރުން، މޮރޯއަކީ އޭގެ ޒާތުގައި “ޔަންގު ބިޒްނަސް” އަކަށްވީ ނަމަވެސް، މި ވިޔަފާރިއަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ވިޔަފާރި ކަމަށެވެ. އަދި މޮރޯ ގެސްޓްހައުސް ވިޔަފާރީގައި މަސައްކަތްކުރާ ހުރިހާ ސްޓާފުންނަކީވެސް ރިސޯޓު އިންޑަސްޓްރީއިން ޓްރެއިން ވެފައިވާ ޒުވާން ސްޓާފުން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments