ގަމުން މަސްކައްކާ ހިއްކުން ފަދަ މަސައްކަތްތަކަށް ބިންތައް ކުއްޔަށް ދޫކުރަނީ

Gamun maskahkaa hihkun fadha massakkaiy thakah binthah kuhyah dhookuranee

ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ މަސައްކަތްތަކަށް ބިންތައް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުން ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނީ ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ މަސައްކަތްތަކަށް B1 B2, ނަންބަރު“ ބިންތަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ ކަމަށެވެ. މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 17 ޖުލައި 2025 ގެ 12:00 ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުމަށް ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ދުވަހަކީ މިމަހު 17 ވަނަ ދުވަހެވެ. ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން ލިބޭނެއެވެ.

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ. ބީލަން ހުށަހެޅުން ކުރިއަށްދާނީ މިމަހު 22 ވަނަ ދުވަހު 13:00 ގައެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ދާ ބޭފުޅުންނަށް ބައިވެރި ނުވެވޭނެކަމަށް ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted