މޯލްޑިވިއަން އިން ކައްދޫއާ މުއްޔާމެދު ވައިގެ ދަތުރުތައް ކުރަނީ

Maldivian in kahdhoo aa muhyaa medhu vaige dhathuru thah kuranee

މޯލްޑިވިއަން އިން ލ.ކައްދޫއާ މ.މުއްޔާމެދު ވައިގެ ދަތުރުތައް ކުރަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ހަފުތާއަކު އެއް ދުވަހު ކައްދޫ އާ މުއްޔާމެދު ދަތުރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިހާރު މި ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާފައިވާއިރު، ކައްދޫއާއި މުއްޔާދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 999 ރުފިޔާ އެވެ.

މީމު އަތޮޅުން ގިނަ ބަޔަކު ކަނޑުމަގުން ވެސް ލާމަށް ޒިޔާރަތްކުރެއެވެ. މީގެ ކުރިން މީމުން ލާމަށް ނުވަތަ ލާމުން މީމަށް މީހުން ވައިގެ މަގުން ދަތުރުކުރާނަމަ، ފުރަތަމަ ދާން ޖެހެނީ މާލެއެވެ. މި ބަދަލު ވެގެން ދާނީ މި ދެ އަތޮޅަށް ވައިގެ މަގުން ދަތުރުކުރަން ބޭނުންވާ މީހުންނަށް ވަރަށް ލުއިފަސޭހަ ބަދަލަކަށެވެ.

މުލީ އެއަރޕޯޓު ރަސްމީކޮށް ހުޅުވީ މިއަހަރު މެއި މަހުގައެވެ. މޯޑިވިއަން އިން ލ. ކައްދޫއަށް މި އިތުރުކުރި ވައިގެ ދަތުރަށ،ް ސޯޝަލް މީޑިއާގައި ވެސް ގިނަ ބައެއްގެ ތަރުހީބު  ވަނީ ލިބިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted