ކުނަހަންދޫ ފަޅުތެރޭގައި އޮއްވާ ރޯވި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް!
Kunahandhoo falhuthereygai ovvaa roavi dhoanyah bodethi gehlunthakeh!

ލ. ކުނަހަންދޫ ފަޅުތެރޭގައި އޮއްވާ ދޯންޏެއް ރޯވެ, ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެ ހާދިސާ ހިނގާފައިވަނީ އިއްޔެ މެނދުރެއްހާއިރުގައެެވެ. އެ ދޯނީގައި އަލިފާން ރޯވީ ކުނަހަންދޫ ފަޅުތެރޭގައި އޮއްވައެވެ.
އަލިފާން ރޯވި ވަގުތުގައި އެ ދޯނީގެ ފަޅުވެރިން ދޯނީގައި ތިބި ނަމަވެސް, އަލިފާން ރޯވުމާއެކު އެމީހުން ވަނީ ވަގުތުން ދޯނިން ފައިބައިފައެވެ. އަލިފާނުގެ ހާދިސާގައި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
އެ ދޯންޏަކީ މުދާ އުފުލާ ދޯންޏެކެވެ. ދޯނީގެ ކައްޕިއަކީ ކުނަހަންދުށް ނިސްބަތްވާ މީހެކެވެ. އަލިފާން ނިއްވާލާފައިވަނީ ކުނަހަންދޫ ރައްޔިތުން ނިކުމެއެވެ.
އަލިފާން އެއްކޮށް ނިއްވާލެވުނުއިރު, ދޯނީގެ ބޮޮޑުބައި އޮތީ އަނދާ ހުލިވެފައެވެ. އަދި ދޯނީގެ ހުރިހާ މުދަލެއް ވެސް ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެެވެ.