ޓިކެޓު ބުކް ކުރާއިރު އަންނަ މަހުން ފެށިގެން އައިޑީއެއް ބޭނުމެއް ނުވާނެ: މޯލްޑިވިއަން

Ticket book kuraa ira anna mahun feshigen ID eh beynumeh nuvaane: Maldivian

ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓު ބުކްކުރާއިރު އައިޑީ ކާޑާއި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ނުޖެހޭ ގޮތަށް ނިންމައިފިއެވެ. 

މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ ޓިކެޓު ބުކްކުރާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން  އައިޑީކާޑު ނުވަތަ ޕާސްޕޯޓު ދެން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް, ރަސްމީ ލިޔުމެއްގައި އޮންނަ ގޮތަށް މައުލޫމާތުތައް ހިއްސާކުރަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. 

މީގެއިތުރުން, މައުލޫމާތުތަކުގައި އެއްވެސް މައްސަލައެއް އުޅޭނަމަ [email protected] ނުވަތަ މޯލްޑިވިއަންގެ ކޯލް ސެންޓަރަށް ގުޅައިގެން އިސްލާހު ކުރެވޭނެއެވެ. 

މައުލޫމާތު އިސްލާހު ކުރުމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted