އިސްދޫ-ކަލައިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް އެޅުމަށް ބިން ކަނޑައަޅައިފި

Isdhoo-kalaidhoogai alah imaaraaiykuraa hospital elhumah bin kanda alhaifi

އިސްދޫ-ކަލައިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލް އެޅުމަށް ބިން ކަނޑަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްދޫ-ކަލައިދޫގައި އަލަށް އިމާރާތް ކުރުމަށް ރައީސް ވަޢުދުވެފައިވާ ހޮސްޕިޓަލް އެޅުމަށްޓަކައި މިހާރު ވަނީ ބިން ކަނޑައެޅި ޓެންޑާ ކުރުމުގެ މަރުހަލާގައި ކަމަށެވެ. މީގެއިތުރުން، އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ކުރެހުން އަދި އިތުރު މައުލޫމާތުތައް ހެލްތު މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށްވެސް މެންބަރު ވަނީ ވިދާޅުވެފައެވެ.

ލާމު އަތޮޅުގެ ތަރައްގީ، ރައްޔިތުންގެ އުއްމީދާ އެއްވަރަށް ގެނެސްދެއްވާނޭ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން އިސްދޫ އަދި ކަލައިދޫގެ ތަރައްގީއަށްވެސް މުހިންމު މަޝްރޫއުތަކެއް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

އިސްދޫ ކަލައިދޫގެ ބަނަދަރު ތަރައްގީކޮށް، މިހާރު ހުރި ސިއްހީ މަރުކަޒު ހޮސްޕިޓަލް އަކަށް ބަދަލުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted