ފޮނަދޫ ބަނޑާރަ ގޯއްޗަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފި

Fonadhoo bandaara goahchah form hushahelhi faraaiythakuge vaguthee list aanmukohfi

ލ. ފޮނަދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ފޮނަދޫ ކައުންސިލް އިން ގެޒެޓްކުރި އިއުލާނުގައި ބުނީ، އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، 21 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށަހެޅުމަށެވެ. ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި އެ އިދާރާގެ ރިސެޕްޝަނަށް ނުވަތަ  [email protected] އަށް މެއިލް މެދުވެރިކޮށް ކަމަށެވެ.

މިގޮތުން ހުށަހެޅޭ ޝަކުވާއަކާއި ގުޅިގެން ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ ނުވަތަ ގޯތި ބާތިލް ކުރަން ޖެހިއްޖެނަމަ އެފަރާތެއްގެ ނަން ވަގުތީ ލިސްޓުން އުނިކުރުމަށްފަހު ލިސްޓް ތަރުތީބު ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. ފޮނަދޫ ކައުންސިލުން ބަނޑާރަ ގޯއްޗަށް ފޯމް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރު ޖުލައި މަހުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments