ްއެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ

Accident gai aniyaavi umurun dhuvasvee meehaa niyaavehje

ލ.ކައްދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ އަންހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ، އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ޒިބްރާ ކްރޮސް އިން މަގު ހުރަސްކުރަނިކޮށް، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެނެވެ. އެވަގުތު މަގު ހުރަސްކުރި އިތުރު މީހެއްގެ ގައިގައިވެސް ސައިކަލުން ޖެހިފައިވެއެވެ.

މި އެކްސިޑެންޓުގައި ސައިކަލުން ޖެހުނު ދެވަނަ މީހާ އާއި ސައިކަލުގައި ތިބި ދެ މީހުނަށްވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted