ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީގެ ގޮތްޕެއް މާމެންދޫގައި ލޯންޗު ކުރަނީ!
Laamu apex sports academy ge goiypeh maamendhoo gai launch kurany

ލާމު އެޕެކްސް ސްޕޯޓްސް އެކެޑަމީ(ލަސާ)ގެ ގޮތްޕެއް މާމެންދޫގައި ލޯންޗު ކުރުމަށް ނިންމައިފިއެވެ.
ލަސާ އިން މާމެންދޫގައި އެކެޑަމީގެ އައު ގޮފި ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 06:15 ގައި މާމެންދޫ ފުޓްބޯޅަ ދަނޑުގައެވެ. އެކަން އިއުލާނުކޮށް ލަސާ އިން ހިއްސާކުރި ޕޯސްޓްގައި ބުނީ މިއީ ހަމަ ކުޅިވަރެއް ނޫން ކަމަށާއި މިއީ އަންނަން އޮތް ޖީލަށް ނަމޫނާ މަސައްކަތެއް ކުރުމަށް ކުރާ ކަމެއް ކަމަށެވެ. މީގެއިތުރުން، ލަސާ އިން ބުނީ އެ އެކެޑަމީގެ މަގުސަދަކީ ޒުވާނުންނަށް މި ދާއިރާއިން ފުރުސަތުތައް ފަހި ކޮށްދިނުން ކަމުގައެވެ.
ލަސާގެ އެކެޑަމީގައި މިވަގުތު 160 އަށް ވުރެ ގިނަ ކުދިން ތިބިއިރު، އެ އެކެޑަމީއިން ވަނީ މިއަހަރުތެރޭގައި ހޭންޑްބޯޅައިގެ ތަމްރީނުތައް ވެސް ފަށާފައެވެ. ލަސާ އެކެޑަމީއަކީ ލާމު އަތޮޅުގައި އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ އެކަޑަމީއަށް ވާއިރު، ލަސާ އިން ދަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެ، ވަނަތައް ހާސިލްކުރަމުންނެވެ.