ލާމު އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވަނީ

Laamu atoll gai cancer ah screen kurumuge programme eh baahvanee

ލާމު އަތޮޅުގައި ކެންސަރަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީ.އެސް.އެމް) އިން ނިންމައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ މި ފެށޭ ސްޕްޓެމްބަރު މަހުގެ 10 އިން 13 އަށެވެ. މި ސެޝަންތައް ކުރިއަށްގެންދަނީ ސްކޫލްތަކުގެ ދަރިވަރުން ހިމެނޭހެން އާންމު ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.

ކެންސަރަށް ހޭލުންރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދާ ރަށްތައް:
ލ.ފޮނަދޫ
ލ.ހިތަދޫ
ލ.މާވަށް
ލ.ކުނަހަންދޫ
ލ.މާމެންދޫ

މި ޕްރޮގްރާމްގެ ދަށުން ކެންސަރަށް ސްކްރީން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރރާއި ބޮޑު ގޮހޮރު އަދި ފުރަގަސްފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ވެސް ކުރިއަށްދާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted