ޒިއަމެން ލާމު މެރަތަން 2025 ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ

Xiamen-Laamu Marathon 2025 ge media partner akah Laamu MV

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ “ޒިއަމެން ލާމު މެރަތަން 2025” ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފިއެވެ.

އޮކްޓޫބަރު މަހު 31 ވަނަ ދުވަހު ގަން/ފޮނަދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މެރަތަންގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހު އެވެ. މި އެއްބަސްވުމުގައި ލާމު އެމްވީގެ ފަރާތުން ސޮއިކުރެއްވީ ލާމު އެމްވީގެ ސީއީއޯ، ޔޫސުފް ހަލީލް އެވެ. އަދި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، އަތޮޅު ކައުންސިލްގެ ނައިބުު ރައީސް، އަހުމަދު ރިޔާޒެވެ.

އަތޮޅު ކައުންސިލާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، މި މެރަތަން އިތުރަށް ކުރިއަރުވައި، ކާމިޔާބު ހަރަކާތަކަށް ހެދުމަށް ލާމު އެމްވީ އިން މަސައްކަތް ކުރާނެއެވެ. އަދި މި މެރަތަންގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ.

މިއަހަރުގެ މެރަތަންގެ “ރަންވިލެޖް” ގެ ގޮތުގައި ކަނޑައަޅާފައިވަނީ ގަމު މުކުރިމަގު ބަނދަރު ސަރަހައްދެވެ. އެގޮތުން، ހުރިހައި ރޭހެއް ފަށާނީ، އަދި ނިންމާނީ ވެސް މުކުރިމަގު ބަނދަރު ސަރަހައްދުންނެވެ.

މިއަހަރުގެ މެރަތަންގައި ޖުމްލަ 6 ކެޓަގަރީއެއް ހިމެނެއެވެ. އެއީ ފުލް މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު، 3 ކިލޯމީޓަރު އަދި ކިޑްސް ފަން ރަން އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments