ފޮނަދޫ ސްކޭޓް ޕާކާއި އައުޓްޑޯރ ޖިމް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ
Fonadhoo skate park akaai outdoor gym tharaqee kohdheyne faraatheh hoadhanee

ލ. ފޮނަދޫ ސްކޭޓް ޕާކާއި އައުޓްޑޯރ ޖިމް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ.
އެކައުންސިލުން އިއުލާންކޮށްފައިވަނީ އެކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެނިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި އަކީ 15 ސެޕްޓެންބަރު 2025 ވާ ހޯމަދުވަހުގެ 13:00 ކުރިން ގޫގުލް ފޯމެއް މެދުވެރިކޮށެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާހެއް އެކައުންސިލުން ވަނީ ގެޒެޓް ކޮށްފައެވެ.
މައުލޫމާތު ކަރުދާހުން އެގޭ ގޮތުގައި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރެވިފައިވާ ކުންފުންޏެއް، ޕާޓްނާޝިޕެއް، ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށެވެ.
ބީލަން ހުށަހެޅުުމުގެ ސުންގަޑިއަކީ 22 ސެޕްޓެންބަރު 2025 ވާ ހޯމަދުވަހުގެ 13:30 އެވެ. ބީލަމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް އެކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވެއެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަން ޖެހެއެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެންބަރު 2025 ގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވާނީ ބައްދަލުވުމަށް ހާޒިރުވާ އެންމެންގެ ކުރިމަތީގައެވެ.