ދިވެހި ސާފް ލީގުގެ “ކެރަންޑޫ“ އިވެންޓް މާދަމާ ފަށަނީ
Dhivehi Surf League ge “Kerandoo” event maadhamaa fashany

މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ހައްދުންމަތީ މާބައިދޫގައި މުޅިން އަލަށް ފަށާ ދިވެހި ސާފް ލީގުގެ “ކެރަންޑޫ” އިވެންޓު މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
“ކެރަންޑޫ” އަކީ މިއަހަރުގެ ސާފް ލީގުގައި ހިމެނޭ ދެވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ “މުލީކޮޅު ރާޅުގަނޑު” އެވެ. ލީގުގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ ”ރަންނަމާރި ޗެލެންޖް“ އަށް ކޮލިފައިވުމަށް، ލީގުގެ ފުރަތަމަ ދެ އިވެންޓުގައި ވާދަކުރުން މަޖުބޫރުވާނެއެވެ.
މާބައިދޫގައި ކުރިޔަށްދާ މި އިވެންޓުގައި ޖުމްލަ ތިން ކެޓަގަރީއެއް ހިމެނޭނެއެވެ. އެއީ މެންސް އޯޕަން އާއި 18 އަހަރުން ދަށުގެ ކެޓެގަރީގެ އިތުރުން މެންސް އޯޕަން ބޮޑީބޯޑިން ކެޓެގަރީ އެވެ.
މިއީ ގައުމީ ފެންވަރުގެ މުބާރާތެއް ލ.އަތޮޅުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއާއެކު، މިއީ މާބައިދު އާއި މުޅި ލ.އަތޮޅަށް ލިބޭ ބޮޑު ޝަރަފެކެވެ.