ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް މާލޭ މޭޔަރާ ހަވާލުކޮށްފި

Xiamen laamu marathon 2025 ge rasmee kit Male' mayor aa havaalu kohfi

ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް އާ ހަވާލުކޮށްފިއެވެ.

ޒިއަމިން ލާމު މެރަތަން 2025 އާ ގުޅޭގޮތުން، މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާއިރު, މޭޔަރު އާޒިމް އަށް ވަނީ ޒިއަމިން ލާމު މެރަތަންގައި ބައިވެރިވުމަށް ރަސްމީކޮށް ދައުވަތު އަރުއްވާފައެވެ.

ފައިސާގެ އިނާމުތަކާއެކު، ޒިއަމިން ލާމު މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 31 ވަނަ ދުވަހުގައެވެ. މިދިޔަ އަހަރު ވެސް މި މެރަތަން ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ މެރަތަން ގައި ބައިވެރިވެފައެވެ.

މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން ވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފުގެ އިތުރުން, ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާ ކިޓް ހަވާލުކޮށް ދައުވަތު އަރުއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted