ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް، ޗީފް އޮފް ޑިފެންސްއާ ހަވާލުކޮށްފި

Xiamen laamu marathon 2025 ge rasmee kit, Chief of defence aa haaalu kohfi

ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް ޗީފް އޮފް ޑިފެންސް އިބްރާހިމް ހިލްމީއާ ހަވާލުކޮށްފިއެވެ.

ޒިއަމިން ލާމު މެރަތަން 2025 އާ ގުޅޭގޮތުން، ޑިފެންސް މިނިސްޓްރީއަށް ޒިޔާރަތްކޮށް، މެރަތަންގައި ބައިވެރިވުމަށް ޗީފް އޮފް ޑިފެންސް އިބްރާހިމް ހިލްމީ އަށް ވަނީ ދައުވަތު އަރުއްވާފައެވެ.

ފަައިސާގެ އިނާމުތަކާއެކު، ޒިއަމިން ލާމު މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 31 ވަނަ ދުވަހުގައެވެ. މިދިޔަ އަހަރު ވެސް މި މެރަތަން ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ މެރަތަން ގައި ބައިވެރިވެފައެވެ.

މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން ވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފުގެ އިތުރުން, ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު، މާލޭސިޓީމޭޔަރު އާޒިމް އަދި ޗައިނާ އެމްބަސޭޑަރާ ވެސް ރަސްމީ ކިޓް ހަވާލުކޮށް މެރަތަން ގައި ބައިވެރިވުމަށް ދައުވަތު އަރުއްވާފައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted