މޯޗަރީ ޔުނިޓެއް ގާއިމްކުރުމަށް ގަމު ކައުންސިލާ މާންދޫ ފިޝަރީޒްއާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފި

Mortuary unit eh gaaim kurumah gamu council aa maandhoo fisheries aa dhemedhu fahumunaamaa ehgai soe kohfi

މޯޗަރީ ޔުނިޓް އެއް ގާއިމްކުރުމަށް ލ.ގަމު ކައުންސިލާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ، ގަން ރީޖަނަލް ހޮސްޕިޓަލަށް މޯޗަރީ ޔުނިޓެއް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ކައުންސިލާއި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މާންދޫ ފިޝަރީސް ކޮމްޕްލެކްސްގައި މިއަދު ކުރިޔަށްދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ގަމު ކައުންސިލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ އެވެ. އަދި މާންދޫ ފިޝަރީސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ ޖެނެރަލް މެނޭޖަރ، އަބްދުއް ރައްޒާގު ޔޫސުފް އެވެ.

މި ފަހުމުނާމާއާ ގުޅޭގޮތުން ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ މޯޗަރީ ޔުނިޓެއް ގާއިމްކުރުމަށް ޖާގައެއް ދިނުމަށް މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއާ ވާހަކަދެކެވިގެން އެއްބަސްވެފައިވާ ކަމަށާއި، މީގެ ކުރިންވެސް ގަމުގައި މޯޗަރީ އެއް ގާއިމްކުރުމުގެ ވިސްނުން ހުރި ކަމަށެވެ.

”އަޅުގަނޑުމެން މިކަން ކުރަން މީގެ ކުރިންވެސް ވާނީ ކަނޑައަޅާފައި. މިކަންކުރެވިގެން ދާއިރު މިހާތަނަށް ހިނގާފައިވާ ހާދިސާތަކަށް ބަލާފައިވެސް، މޯޗަރީ އެއް ގާއިމްކުރުމަށް އެންމެ އެކަށޭނެ އަދި އެންމެ ބޭނުންތެރި ތަނަކީ ހޮސްޕިޓަލް.“

ޒަކީ ވިދާޅުވީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ގަން ރީޖަނަލް ހޮސްޕިޓަލް އިން ވެސް މިކަމަށް ފުރިހަމަ އެއްބާރުލުން ދޭ ކަމަށާއި އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މޯޗަރީ އެއް ގާއިމްކުރެވިގެން ދިއުން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted