ލަސާގެ ދައުވަތަށް ވެޔޮ އެކަޑަމީއިން ލ.އަތޮޅަށް ކުރި ދަތުރު ކާމިޔާބު ކަމާއެކު ނިންމާލައިފި

LASA ge dhauvathah Veyo academy in Laamu Atoll ah kuri dhathuru kaamiyaabu kamaa eku ninmaalaifi

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) ގެ ދައުވަތަށް ލ.އަތޮޅަށް އައި ތ.ވޭމަންޑޫ، ވެޔޮ އެކަޑަމީ އިން ކާމިޔާބު ކަމާއެކު ދަތުރު ނިންމާލައިފިއެވެ.

ވެޔޮ އެކަޑަމީގެ 14 އަހަރުން ދަޑުގެ ހޭންޑްބޯޅަ ޓީމު ލ.ގަމަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ތަޖުރިބާ ހޯދުމުގެ ގޮތުން ކުރި މި ދަތުރުގައި އެ އެކަޑަމީ އިން ވަނީ ލަސާ އާއި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގައި ލަސާ އާއި ވެޔޮ އެކަޑަމީގެ ދެ މެޗެއް ކުޅެފައިވާއިރު، އިއްޔެ ހަވީރު ވަނީ ކިޔުއެމް އާއެކު މެޗެއް ކުޅެފައެވެ. އަދި އެންމެ ފަހު މެޗެއްގެ ގޮތުގައި ރޭ ކުޅެފައިވަނީ ލަސާ އާއެކު އެވެ.

“ލާމު އެމްވީ” އަށް މައުލޫމާތު ދެމުން ލަސާ އެކަޑަމީގެ ކޯޗު، އަހުމަދު އަރީފް ބުނީ، ވެޔޮ އެކަޑަމީއިން ކުރި މި ދަތުރަކީ އެ އެކަޑަމީ އާއި ލަސާ އަށް ވަރަށް ބޭނުންތެރި ދަތުރެއް ކަމަށެވެ. އަދި ލަސާގެ ދައުވަތު ގަބޫލުކޮށް، ވެޔޮ އެކަޑަމީގެ ޓީމު އައި ކަމަށްޓަކައި އަރީފް ވަނީ ވެޔޮ އެކަޑަމީއަށް ޝުކުރު އަދާކޮށްފައެވެ.

އަރީފް ބުނި ގޮތުގައި ވެޔޮ އެކަޑަމީގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލެވުނީ ހައްދުންމަތީ ގަމު ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކުއެވެ. އެގޮތުން، ދަތުރު ފަތުރު ހަމަޖެއްސުމާއި، އެކޮމޮޑޭޝަން ހަމަޖެއްސުމުގައި ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަކޮށް އަރީފް ވަނީ ދެ އެކަޑަމީގެ ނަމުގައި ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

ވެޔޮ އެކަޑަމީގެ ދަތުރާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން އަރީފް ބުނީ، އެ އެކަޑަމީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކެއުމުގެ ކަންކަން ހަމަޖެއްސާފައިވަނީ ލަސާ ކުޅުންތެރިންގެ ބެލެނިވެރިން ކަމަށެވެ. މިކަމަށްޓަކައި އަރީފް ވަނީ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments