މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Media and brodcasting commissionge magaamu thakah kurimathilumuge furusathu hulhuvaalaifi

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަނސް ކޮމިޝަނުން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު (16/2025) ގެ 21 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބާއްވަންޖެހޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިހާބު މިއަންނަ މަހު 11 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވާދަކުރެވޭ މަގާމުތައް:
* ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރު
* މީޑިއާތައް ތަމްސީލުކުރާ މެންބަރު

ކޮންމެ މަގާމަކުންވެސް ދެ މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަންނަ މަހުގެެ ހަތަރުވަނަ ދުވަހުގެ 14:00 އެވެ. މި މަގާމަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މަގާމަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ލިޔެކިއުމުގެ ތަފްސީލް އިލެކްޝަންސް އިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ހިމަނާފައިވެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ. މި އިންތިހާބުގެ ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރާނީ މިއަންނަ މަހުގެ 11 ވަނަ ދުވަހުގައެވެ.

މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ގުޅުންހުރި އެހެނިހެން ލިޔުންތައް އަދި އިންތިހާބުގެ މުހިއްމު ތާރީހުތައް އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ވެބްސައިޓުން އަސި ދިވެހި ސަރުކާރުގެ ގެޒެޓް އިން ލިބޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments