15000 އަށް ވުރެ ގިނަ ރުފިޔާގެ މުސާރައަކާއެކު، ފުލުހުންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލައިފި

15000 ah vure gina ruffiyaage musaara akaa eku, fuluhunge vazeefaa ah vanumah hulhuvaalaifi

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަޒީފާއަށް ކުރިމަތިލެވޭނީ އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވުމާއިއެކު ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ކަމަށެވެ.

ތައުލީމީ ޝަރުތުތަކަށް ވުރެ މަތިން އޯވަކޮލިފައިވާ ފޯމް ބަލައި ނުގަންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަގާމަށް ކުރިމަތިލާ ފަރާތުގެ އިސްކޮޅުގައި ފިރިހެނެއް ނަމަ ކުރުވެގެން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ ފަސް ފޫޓު ހުރުން ހިމެނެއެވެ .އަދިމީލާދީ ގޮތުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވާން ޖެހެއެވެ.

މަގާމުގެ އަސާސީ މުސާރައަކީ 8،990 ރުފިޔާ އެވެ. މަގާމުގެ އެލަވަންސްގެ ގޮތުގައި 6،510 ރުފިޔާ ލިބޭއިރު ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް އަދި ކެއުމާއި ބޭސްފަރުވާ ވެސް ލިބޭނެކަމަށް ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.ކޮންސްޓަބަލްގެ ވަޒީފާއަށް ހުޅުވާލި ނަމަވެސް ވަޒީފާއަށް މީހުން ނަގާނެ ވަކި އަދަދެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments