ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Zuvaan khatheebun thamreen kurumuge programme gai baiveri vumuge furusathu hulhuvaalaifi

ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.
މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ އިމާމުންނާއި ޚަތީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގްރޭޑް 10،11 އަދި 12 ގަައި ތައުލީމު ހާސިލްކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤުހްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް ރާާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އެ މިނިސްޓްރީއިން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، އެކަމަށް އެދި ކުރުމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލަފައެވެ. އެކަމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއިން ގާއިމްކޮށްފައިވާ އިލެކްޓްރޯނިކް ފޯމު މެދުވެރިކޮށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.




