މަސްވެރިކަމަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ޕްރޮގްރާމެއް ބާއްވަނީ
Masverikamah zuvaanunge shauguverikan ithuru kurumah programme eh baahvanee

ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް، ހާއްސަ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމްއެއް ކަމަށެވެ. އެގޮތުން، މިއީ ވާލްޑު ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލެވެ.
މި ޕްރޮގްރާމް އަކީ 3 މަސް ދުވަހުގެ ޕްރޮގްރާމްއަކަށްވާއިރު، މިފަދަ ޕްރޮގްރާމްއެއް ބޭއްވުމުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް ހިމެނެއެވެ.
މި ޕްރޮފާރްމަގއި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުމާއި އުމުރުން 24 އަހަރުން ދަށުގެ ފަރާތަކަށް ވާންޖެހެއެވެ. އަދި މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށް ވެސް ވާންޖެހެއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެމްބަރު މަހުން ފެށިގެން މިއަންނަ އަހަރުގެ ޖަނަވަރީ ދުވަހުގެ ނިޔަލަށެވެ.




