އައިލެންޑް ހިޖާމާ ސާރވިސް: ދަރިމައިވުމުގެ މައްސަލަތަކާއި އަދި ޑައިބެޓިކް ފަދަ ބަލިތަކަށް!
Island hijama service: dharimaivumuge mahsala thakaai adi diabetic fada valithakah!

އައިލެންޑް ހިޖާމާ ސާރވިސް އިން ލ. ގަމުގައި ހިޖާމާ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން ހިޖާމާ ޖެހުން ކުރިއަށްދާނީ މި މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންސާ މި ޕްރޮގްރާމްގައި، ދަރިމައިވުމުގެ މައްސަލަތައް، ޔޫރިން އިންފެކްޝަން. ޕީރިއަޑް ތަދުވުން ހިމެނެއެވެ. މީގެ އިތުރުން، ގިނަ ދުވަސްވީ ތަދު ތަކަށާއި، އައަސިވުމަށް އަދި ކެލެސްޓްރޯލާއި ޑައިބެޓިކްސް ފަދަ ބަލިތަކަށް ވެސް ހިޖާމާ ޖަހައިދިނުން ހިމެނެއެވެ. ހަމަމިއާއެކު ދިލަ ނެގުމާއި ހިރުވުން ފަދަ، ހުޅުހުޅުގައި ރިއްސުން ފަދަ ބަލިތަކަށް ވެސް ހިޖާމާ ޖަހައިދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހިޖާމާ ޖެހުމަށް ނަން ނޯޓް ކުރުމަށް ގުޅާނީ 7833336 ނަމްބަރަށެވެ.




