ހުލުމާލެ ފުލެޓެއްގައި އަލިފާން ރޯވެ ބޮޑަތި ގެއްލުން ތަކެއް ލިބިއްޖެ

Hulhumale flat ehgai alifaan roave boedthi gellunthakeh libijje

ހުޅުމާލޭގެ އެޕާޓްމަންޓް އެއްގައި އަލިފާން ރޯވެ ކޮޓަރިއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ.

މިހާދިސާ ހިނގާފާވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ލޮޓް ނަންބަރ 10066 އެޕާޓްމަންޓުގައެވެ.

މިހާދިސާ ހިނގިކަން އެމް.އެން.ޑީއެފް އަށް ރިޕޯޓު ލިބިފައިވަނީ 8:49 ހާއިރުކަމަށެވެ. ރިޕޯޓު ލިބުމާއެކު ފަޔާރފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފާކަމަށާއި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ 09:25 ހާއިރުކަމަށް އެމް.އެން.ޑީއެފް އިންވަނީ ބުނެފައެވެ.                                              

މިކަމާގުޅޭ  އިތުރު ޙާއްސަ މައުލޫމާތެއް އަދި އެފަރާތުން ހާމަކޮއްފައެއް ނުވެއެވެ. އެހެން ނަމަވެސް އެމް.އެން.ޑީއެފްގެ ފަޔާރއެންޑް ރެސްކިއުއާ ހަވާލާދީ އެން.ޑީއެމް.އޭގެ އޮފިޝަލް ވިދާޅުވީ އެއެޕާޓްމަންޓުގައި މީހުން ދިރި އުޅޭ ކަމަށާއި އަލިފާން ރޯވެފާވަނީ އެ އެޕާޓްމަންޓުގެ އެއް ކޮޓަރީގައިކަމަށެވެ. އަދި ރޯވި ކޮޓަރި ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ.

މިފަދަ ޙާދިސާތަކުގައި އެހީ ފޯރުކޮށްދޭ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމްއޭ)އިން ބުނީ އެހާދިސާ އެ އޮތޯރިޓީއަށް ރިޕޯޓް ކޮއްފާ ނުވާކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments