ހިތަދޫގެ އެއަރޕޯޓްގެ މަޝްރޫއު އަދި ފައިނަލް އެއް ނުކުރަން: ރައީސް

Hithadhoo ge airport ge mashroou adhi final eh nukuran: Raees

ލ. ހިތަދޫގެ އެއަރޕޯޓްގެ މަޝްރޫއާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް  ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ލާމު އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެކަން ކުރިއަށްގެންދާނެ ކަމަށެވެ.

“ތިޔަބޭފުޅުންގެ ފަރާތްޕުޅުންވެސް އެބައޮތް ވަރަށް ވަރަށް ޓެކްނިކަލީ ވަރަށް ސައުންޑް ޕްރޮޕޯސަލެއް. ދެކޮޅުޖެހޭ ފީސިބަލް ޕްރޮޕޯސަލެއް ހުށަހަޅުއްވާފައި. ވަރަށް މަސައްކަތް ކުރައްވައިގެން ހުށަހަޅުއްވާފައި އޮތީ. ހުރިހާ އޭންގަލަކުން ކަންކަމަށް ވިސްނަވާފައި، ހުށަހަޅުއްވާފައި. ތިޔަބޭފުޅުންގެ މުޅި ކޮމިއުނިޓީގައި، މުޅި ރަށުގައި އޮތީ މިކަމުގައި އެއް ރޫހެއްކަން އަޅުގަނޑަށް އެނގޭ.”

އެމަނިކުފާނު އިތުރަށް ވިދާޅުވީ ލާމު އަތޮޅުގައި ދެވަނަ އެއަރޕޯޓެއްގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާނެ ކަމަށެވެ. އަދި ނިންމާއިރު، ދެކޮޅުޖެހޭ ޕީސީބަލް ވާނޭގޮތަށް ދުރު ރާސްތާއަށްވެސް އަތޮޅަށް ފައިދާވާނޭ ގޮތަށް، އެކަން ނިންމާނެކަމަށެވެ.

“އެއްގޮތަކަށްވެސް އަޅުގަނޑު މި ދަތުރުގައި ނުނިންމުމަކީ، މިކަން ނުކުރުމެއް ނޫން. އަޅުގަނޑު ހަމަ މި ދަންނަވަނީ، އަޅުގަނޑަށް ތިޔަބޭފުޅުންގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާ ކަންތައް ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް އެނގޭ.”

ރައީސް އިތުރަށް ވިދާޅުވީ، ، ހިތަދޫގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ، އެމަނިކުފާނަށް ވެސް ލިބޭ އުފަލެއް ކަމަށެވެ. ރައީސް ވަނީ ހިތަދޫގެ ގިނަ މަޝްރޫއުތަކެއް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments