ދުވަސްތަކެއްގެ އިންތިޒާރަށްފަހު ކައްދޫ އެއާރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ އަމަލީ މަސައްކަތް ފެށިއެއްޖެ!

Dhuvasthakegge inthizaarah fahu Kadhdhoo Airport international kurumuge amalee masakkaiy feshijje!

ލ.ފޮނަދޫގެ ބިންހިއްކުން އަދި ކައްދޫ އެއާރޕޯޓް އިންޓަރނޭޝަނަލް ކުރުމަކީ މިސަރުކާރުން ކުރިންވެސް ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިވާހަކަތަކަށް އަމަލީ ސިފައެއް ނުގެނެވި އޮތްއޮތުން ނިމި، ކައްދޫ އެއާޕޯޓް އިންޓަރނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލާމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަރުފުޅުތަކުގެ ތެރެއިން، ރޭ ލ.ފޮނދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ބޭއްވި ޖަލްސާގައި އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށް، އެކަމުގެ އަމަލީ މަސައްކަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފައްޓަވާދެއްވާފައެވެ.

މިމަޝްރޫއުގެ ތެރެއިން ހާސިލްކުރެވިގެންދާނެ ކަންކަމުގެ ތެރޭގައި، މިވަގުތު ކައްދޫ އެއާޕޯޓުގައި ގާއިމު ކުރެވިފައިވާ ސިފައިންގެ މަރުކަޒަށް ބުރުނާރާނެހެން 114 ހެކްޓަރު އެއާޕޯޓު ތަރައްގީ ކުރުމަށް ހިއްކުމުގެ އިތުރުން، ފޮނަދޫއަށް 30 ހެކްޓަރުގެ ބިން ހިއްކުން ހިމެނިފައިވެއެވެ.

އެއާޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަޝްރޫއު 36 މަސްދުވަސް ތެރޭގައި ނިމިގެން ދާއިރު 2800 މީޓަރުގެ ދިގު ރަންވޭއެއް ހެދިގެންދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވައުދުވެވަޑައިގެންފައިވެއެވެ.

 

 

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted