ޒިއަމިން ލާމު މެރަތަން މިމަހު 31 ގައި!

Ziamen laamu marathon mi mahu 31 gai!

ޒިއަމިން ލާމު މެރަތަން ރަން މިމަހުު 31 ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ވާ ހުކުރު ދުވަހު ގަމު މުކުރިމަގު ބަނދަރު ސަރަހައްދުގައެވެ.

މި މެރަތަންގެ ރެޖިސްޓްރޭޝަން ފީއަކީ100 ރުފިޔާއެވެ. މި މެރަންގައި ބައިވެރުވުމަށް ފޯމް ފުރިހަމަކުރާއިރު، އައިޑީކާޑު ނުވަތަ ޕާސްޕޯޓް ގެ އިތުރުން ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފަރ ސްލިޕް ކޮޅު ހުށަހަޅަންޖެހެއެވެ.ރަޖިސްޓްރޭޝަން ފުރިހަމަވި ކަން އެސް.އެމް.އެސް އަކުން އެނގޭނެއެވެ.

ރޭސް ކެޓަގަރީތައް:
42 ކިލޯމީޓަރު (ފުލް މެރަތަން)
21 ކިލޯީޓަރޯ(ހާފް މެރަތަން)
10 ކިލޯމީޓަރު
5 ކިލޯ މީޓަރު
3 ކިލޯމީޓަރު
ކިޑްސް ފަން ރަން

ކިޑްސް ފަން ރަން ފިޔަވައި އެހެން ހުރިހަ ކެޓަގަރީއަކުން ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފައިސާގެ އިނާމުތަކުގެ އިތުރުން، ބައިވެރިވެފައިވާ ކެޓަގަރީގެ ދުވުން ފުރިހަމަކުރާ ކޮންމެ ފަރާތްތަކަށް ވެސް “ފިނިޝަރ” މެޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މެރަތަންގެ ޓައިޓަލް ސްޕޮންސަރަކީ ޗައިނާގެ ޒިއަމިން ސިޓީ ކަމަށްވާއިރު، މި މެރަތަންއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި އަތޮޅު އިޝްތިހާރު ކުރުމަށާއި އަތޮޅުގައި ދުވުމަށް ލޯބިކުރާ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments