އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަން ގާއިމްކޮށް، ހިދުމަތް ފެށުމަށް ރައީސް އަންގަވައިފި

Mndf ge air core ge furathama station gaaimu koh, hidhumaiy feshumah raees angavaifi

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

މި ސްޓޭޝަން ގާއިމުކޮށް ހިދުމަތް ފެށުމަށް ނިިންމަވާފައިވަނީ ރައީސް މުއިއްޒު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވެސް އަދި އެމްއެންޑީއެފް އިން އެ ސްޓޭޝަން ގާއިމްކުރި ތަނެއް ހާމަކޮށްފައެއް ނުވެއެވެ. މި އެއާ ސްޓޭޝަން ގާއިމުކޮށްފައިވަނީ ގާނޫނުއަސާސީގެ ދަށުން، ރައީސަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށް މި ޤަރާރުން ސިފައިންނަށް އަމުރުކޮށްފައިވާ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted