ލާމަސީލުލާމު ވާހަކަ ދެއްކުމުގެ މުބާރާތުން 1 ވަނަ ގަމު ކައުންސިލަށް!

Laamaseelu Laamu Vaahaka Dhekumuge Mubaaraathun 1 Vana Gamu Council Ah

ލާމަސީލުލާމު ވާހަކަދެއްކުމުގެ މުބާރާތުގެ ފަޚްރުވެރި 1 ވަނަ ގަމު ކައުންސިލް އިން ހޯދައިފިއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ނޮވެންބަރު 2 އިން 3 އަށް ހަމަދު ސުކޫލުގައެވެ.

ގަމު ކައުންސިލްގެ ފަރާތުން މި މުބާރާތުގައި ބައިވެރިވެފައިވަނީ 14 އަހަރުން ދަށުގެ 7 ކުދިންނާއި، 14 އަހަރުން މަތީގެ 7 ކުދިންނެވެ. އެގޮތުން 14 އަހަރުން ދަށުން ބައިވެރިވެފައިވަނީ ޙަމަދު ސްކޫލުގެ 4 ކުދިންނާއި އިހައްދޫ ސްކޫލުގެ 3 ކުދިންނެވެ. އަދި 14 އަހަރުން މަތީގެ އުމުުރުފުރައިން ބައިވެރިވެފައި ވަނީ އިހައްދޫ ސްކޫލުގެ 1 ކުއްޖަކާއި ޙަމަދު ސްކޫލުގެ 6 ކުދިންނެވެ.

ލާމަސީލުލާމު ވާހަކަދެއްކުމުގެ 3 ވަނަ އަތޮޅު މުބާރާތުން ގަމު ކައުންސިލަށްވަނީ މުޅިމުބާރާތުގެ 1 ވަނައިގެ އިތުން ގިނަ ވަނަތަކެއް ލިބިފައެވެ. އެގޮތުން:

މުޅި މުބާރާތުން 1 ވަނަ،

14އަހަރުން މަތީގެ ބައިން 1 ވަނަ

14 އަހަރުން ދަށުގެ ބައިން 2 ވަނަ

މުޅި މުބާރާތުން އެއްވަނަ ދަރިވަރަކަށް ގަމު ކައުންސިލްގެ ޓީމުގެ ޢާއިޝަތު ހުސްނު މުޙައްމަދު

މުޅިމުބާރާތުން ދެވަނަ ދަރިވަރަކަށް ގަމު ކައުންސިލްގެ ޓީމުގެ ޢާއިޝް ޢަބްދުލްޙަންނާން،

ސާދަ އަހަރުން މަތީގެ ބައިން އެއްވަނަ، ގަމު ކައުންސިލްގެ ޓީމުގެ ޢާއިޝަތު ހުސްނު މުޙައްމަދު،

ސާދައަހަރުން މަތީގެ ބައިން ދެ ވަނަ ގަމު ކައުންސިލްގެ ޓީމުގެ ޢާއިޝް ޢަބްދުލްޙަންނާން،

ސާދަ އަހަރުން މަތީގެ ބައިން ތިން ވަނަ ގަމު ކައުންސިލްގެ ޓީމުގެ މުޙައްމަދު އައިދިން ޢަރީޝް ވަނީ ހޯދާފައި،

ގަމު ކައުންސިލުން ވަނީ މި ކަމަށްޓަކައި، ކައުންސިލް ތަމްސީލްކުރި ކުދިން ކުރި ހިތްވަރާއި، މުދައްރިސުންކޮށްދެއްވި ބުރަ މަސައްކަތަށް އަދި ބެލެނިވެރިން ދެއްވި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments