ގަމު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗު އައިލެންޑް ޔޫތް އަދި ބެސްޓް އިން ކާމިޔާބުކޮށްފި

Gamu volley mubaaraathuge anhen divison furathama dhe match island youth adhi best in kaamiyaabu kohfi

ގަމު ވޮލީ ބޯޅަ މުބާރާތުދެ ފުރަތަމަ ދެ މެޗު އައިލެންޑް ޔޫތް ޔުނައިޓެޑް އަދި ބެސްޓް އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައިވަނީ މާބާއިދޫ އޯލް ޔޫތް އަދި އައިލެންޑް ޔޫތު ޔުނައިޓެޑް އެވެ، މި މެޗު ދެ ސެޓު، ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ އައިލެންޑް ޔޫތް ޔުނައިޓެޑްއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އައިލެންޑް ޔޫތް ޔުނައިޓެޑްގެ ޖާރޒީ ނަމްބަރު 11، މަރިޔަމް ސަމީނާއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ބެސްޓް ސްޕޯޓްސް ކްލަބް އަދި ލާމު އެޕްކެސް އެކެޑަމީއާއެވެ. ބެސްޓް އިން ވަނީ ފަސޭހަކަމާއެކު 3 ސެޓު 0 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބެސްޓް ސްޕޯޓްސް ކްލަބްގެ ޖާރޒީ ނަމްބަރު 23 އައިޝަތު ސަނާއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފަޓާނީ އަދި އައިލެންޑަރސް ސްޕޯޓްސް ކަލްބައިންނެވެ. މި މެޗު ކާމިޔާބުކުރީ ތިން ސެޓު، ދެ ސެޓުން އައިލެންޑާރސް ސްޕޯޓްސް ކްލަބްއިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައިލެންޑާރސް ގެ ޖާރޒީ ނަމްބަރު 9، އަލީ ރުކްޝާންއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted