ގަމު ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް، އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް!

Gamu football teamuge faritha kurun thah kuriah, adhives baiverivumuge furusathu ebaoiy!

ލ.ގަމު ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

ގަމު ކައުންސިލުން ބުނީކުރިއަށް އޮތް ބީއެމްއެލް އަތޮޅު ޗެމްޕިއަންޝިޕް 2025 ގެ ފަރިތަކުރުންތައް ގަން ފުޓްބޯޅަ ޓީމުން ފަށާފައިވާއިރު،ޝައުގުވެރިވާ ކުޅުންތެރިންނަށް އަދިވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން، ގަމު ކައުންސިލުން ބުނީ ޝައުގުވރރިވާ ފަރާތްތަކުން ފަރިތަކުރުންތަކުގައި ބައިވެރިވުމަށެޗެ. ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ ގަމު ޒޯން ސްޓޭޑިއަމްގައެވެ.

ޓީމުގެ ފަރިތަކުރުންތަކުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތަކީ ފުޓްބޯޅަ އެސޯސިއޭޝަނާއި، އަތޮޅު ޗެމްޕިއަންޝިޕް، ލޯކަލް ގަވަރމެންޓް އަތޯރިޓީ އަދި ލާމު އަތޮޅު ކައުންސިލާއި ގުޅިގެން ބާއްވާ މުބާރެތެކެވެ.

އެފްއޭއެމް އިން ވަނީ ޓީމުތައް ރީޖަންތަކަށް ބަހާލާފައެވެ.އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted