ކުނަހަންދޫ އާއި ފޮނަދޫ ހިމެނޭހެން ލާމު އަތޮޅުގެ 8 ރަށަކުން ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވެއްޖެ
Kunahandhoo aai fonadhoo himeneyhen laamu atoll ge 8 rashakun golden futsel mubaaraathugai baiveri vehje

ލ. ކުނަހަންދޫއާއި ފޮނަދޫ ހިމެނޭހެން ލާމު އަތޮޅުގެ8 ރަށަކުން މިއަންނަ އަހަރުގެެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވެއްޖެއެވެ.
ލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ، މިދިޔަ ޖުލައި މަހުގައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގައެވެ. ލާމު އަތޮޅުގެ8 ރަށަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. އޭގެތެރޭގައި މީގެ ކުރީ އަހަރުތަކުގައި މުބާރާތުގައި ބައިވެރިނުވާ ރަށްތައް ވެސް ހިމެނެއެވެ.
ލާމު އަތޮޅުން ގޯލްޑަން ފުޓްސެލް މުބާރާތުގައި ބައިވެރިވެފައިވަނީ ފޮނަދޫ، މުންޑޫ، ދަނބިދޫ، ކުނަހަންދޫ، އިސްދޫ، ކަލައިދޫ، މާވަށް އަދި ގަމެވެ.ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން މި މުބާރާތް ނުބޭއްވި ދިޔައީ، ކޮވިޑް-19 ގެ ސަަބަބުން އައި މެދުކެނޑުމާ ހެދިއެވެ. . މި މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ހޯދާފައިވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ތިމަރަފުއްޓާއި، ގަމާއި، އޭދަފުއްޓާއި، ބ. ހިތާދޫ އާއި، މާފަންނު ، ހެންވޭރު އަދި ކާށިދޫއިންނެވެ.
ލ. ގަމުން މުބާރާތުގެ ޗެމްޕިއަންކަން ނަގާފައިވަނީ 2023 ވަނަ އަހަރުގައެވެ. ގަމުންް ވަނީ 2024އަދި 2025 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑްވެސް ހޯދާފައެވެ.




