މަގޭ ސާފު ރާއްޖެ ފެސްޓު 2025: މިއަދު 16:45 ގައި ހަމަދު ސްކޫލްގައި

Magey SaafRaajje Fest 2025 Miadhu 16:45 gai hamadhu school gai

”މަގޭ ސާފު ރާއްޖެ ފެސްޓު 2025“ މި ނަމުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ހަރަކާތްތަކެއް، މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލްގެ މައިގަނޑު މަޤުސަދަކީ ސާފުތާހިރު ރާއްޖެއަކަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ހިތްވަރު ދިނުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމެވެ. މި ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން، މި ފެސްޓިވަލަށް ވީހާ ވެސް ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުން ޒިޔާރަތް ކުރުމަށް ވަރަށް ބޮޑަށް އެދެއެވެ.

މި ފެސްޓިވަލްގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ދާނެއެވެ. ޚާއްސަކޮށް، ކުޑަކުދިންނަށް އަމާޒުކޮށްގެން ތިމާވެށީގެ މުހިންމުކަން އުނގަންނައިދޭ ގިނަ ކުޅިވަރުތަކާއި ހަރަކާތްތައް މި ފެސްޓިވަލްގައި ހިމެނޭނެއެވެ. މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ތިމާވެއްޓާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދައި، ހަރަކާތްތަކުގައި ބައިވެރިވުމުގެ ރަނގަޅު ފުރުސަތެކެވެ.

މި ފެސްޓިވަލް އޮންނާނީ ހަވީރު  4:45 އިނ 18:00 އަށް  ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލް ގައެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted