33 ކުޅުންތެރިންނާއެކު ގަމު ފުޓްސަލް ޓީމުގެ ޓްރައިއައުޓްސް ފަށަނީ

33 kulhuntherinaa eku gamu futsal team ge tryouts thah fashanee

33 ކުޅުންތެރިންނާއެކު ގަމު ފްޓްސަލް ޓީމުގެ ޓްރައިއައުޓްސްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ޓްރައިއައުޓްސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހު މާލޭގައެވެ.

ގަމު ފުޓްސަލް ޓީމުގެ މެނޭޖަރު ސަމާހު ބުނީ މީގެ ކުރީ އަހަރުތަކަށް ވުރެ މިފަހަރު ކުޅުންތެރިން ބައިވެރިވެފައިވާ އަދަދު ގިނަ ކަމަށެވެ.

މީގެއިތުރުން ސަމާހު ބުނީ ، ޓީމު ދަނީ މުބާރާތައް  ފުރިހަމަ އަށް ތައްޔާރުވަމުން ކަމަށާއި އުއްމީދަކީ މުބާރާތުގައި ދެވެން އޮތް އެންމެ ދުރަށް ދިއުން ކަމަށެވެ.

ސަމާހު ބުނީ ބެންޖޯ ކޯޗަކީ ތަޖުރިބާ ހުރި ކޯޗެއް ކަމަށާއި ކޯޗާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ސަމާހު ވަނީ  ގަމު ކައުންސިލުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަަގަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted