ފެނަކައިގެ ނަމުގައި ބިލުތަކުން ސަބްސިޑީ ދޭނެކަމަށް ބުނެ ފޭކު ޕޭޖެއް ހިންގަަމުންދާތީ ސަމާލުވާން އެދިއްޖެ
Fenakaige namugai bill thakun subsidy dheyne kamah bune fake page eh hingamun dhaathee samaaluvaan edihje

ފެނަކަ ކޯޕަރެޝަން ލިމިޓެޑުން ދޭ ޚިދުމަތްތަކުގެ ބިލުތަކުން ސަބްސިޑީ ދޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި ސޯޝަލްމީޑީއާގައި ޕޭޖެއް ހިންގަމުންދާތީވެ، އެކަމަށް ސަމާލުވާން އެދިއްޖެއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ، އެކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށާއި، މިފަދަ ޕޭޖުތައް ހިންގުމުގަައި އެކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި އެކުންފުނިން އެއްވެސް އަމިއްލަ ފަރާތަކަށް ލިންކު ފޮނުވައިގެންވެސް އަދި އެފަދަ އެހެން ގޮތަކުން ނަމަވެސް ފައިސާގެ މުއާމަލާތްތައްް ނުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.ފެނަކައިން ބުނީ އެ ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ އެކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓްތަކުން އެކަނި ކަމަށެވެ.
މީގެއިތުރުން، އޮޅުވާލައިގެން ފަިސާ ހޯދުމަށް ހިންގާ މިފަދަ ކަންތައްތަކަށް އެންމެހާ ރައްޔިތުންވެސް ސަމާލުވެ، އެފަދަ ލިންކެއް ނުވަތަ ކޯލެއް އައިސްފިނަމަ ކަމާބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރިޕޯޓްކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.




