މާބައިދޫ އާއި ފޮނަދޫގެ ކުރިމަތިލުން އެއްވަރު

Maabaidhoo aai Fonadhoo ge kurimathilun ehvaru

މިހާރު ކުރިއަށްދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. މާބައިދޫ އާއި ލ. ފޮނަދޫ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މާބައިދޫ ވަނީ ކުނަހަންދޫ އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. އަދި ފޮނަދޫ ވަނީ ފުރަތަމަ މެޗުގައި ލ. ގަން އަތުން 1-0 ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފޮނަދޫ އަދި މާބައިދޫ އަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މި ނަތީޖާއާއެކު މިވަގުތުު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އަދި ދެވަނައިގައި އޮތް ގަމާއި، ކުނަހަންދޫ އަށް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި އެއް ޕޮއިންޓާއެކު މާބައިދޫ އަދި ފޮނަދޫ އޮތީ ތިންވަނަ އަދި ހަތަރުވަނައިގަ އެވެ.

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި ލ. އަތޮޅުން ބައިވެރިވެފައި ވަނީ ކުނަހަންދޫ، މާބައިދޫ، ފޮނަދޫ އަދި ގަމެވެ.

މި ފަހަރުގެ އަތޮޅު މުބާރާތުގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ ފުރަތަމަ ޑިވިޝަނަށް އާދެވޭ ގޮތަށް ހަތަރު ރީޖަން އަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔުމެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ގަމުން ނުކުންނާނީ ކުނަހަންދޫއާ ދެކޮޅަށެވެ. ގަމު ޒޯން ސްޓޭޑިއަމްގައި ކުޅޭ އެ މެޗު ފަށާނީ މާދަމާ ހަވީރު 15:50 ގަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments