މަަސްވެރިންގެ ދުވަހުގެ އެވޯޑް: ހިދުމަތްތެރި ޒުވާން ކެޔޮޅު އެވޯޑު ޔަމާނަށް!

Masveringe dhuvahuge award: hidhumaiy theri zuvaan keyolhuge award yamaanah!

މަސްވެރިކަމުގެ ދާއިރާއަށް ހިދުމަތް ކުރުމުގެ އަގުވަޒަންކޮށް 32 ފަރާތަކަށް އެވޯޑް ހަވާލުކޮށްފިއެވެ.

ރ ދުވާފަރުގައި ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވާއިރު، މި އިނާމުތައް ދިނީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައި އަގުހުރި ހިދުމަތްކޮށްފައިވާ ފަރާތްތަކަށެވެ.

އެގޮތުން، 2023 ވަނަ އަހަރުގެ  އިނާމު ވަނީ 18 ފަރާތަކަށް ދީފައެވެ. އަދި މިދިޔަ އަހަރު، 14 ފަރާތެއް ވަނީ އިނާމު ހާސިލްކޮށްފައެވެ.

އޭގެތެރެއިން ލާމު ގަމު ތުނޑީ (ގުރުވަ) އަބްދު الله ޔަމާން ވަނީ 2023 ވަނަ އަހަރުގެ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑް ހާަަސިލްކޮށްފައެވެ.

ޔަމާނަކީ  ޅައުމުރުއްސުރެ މަަސްވެރިކަމުގެ ދާއިރާގައި  މަސައްކަތްކުރަމުންދާ، ތަޖުރިބާކާރު މަސްވެރިއެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments