ސީދާ ތިން ސެޓުން ފުނަދޫ ބަލިކޮށް މާބައިދޫ ފައިނަލަށް

Seedhaa thin setun Funadhoo balikoh Maabaidhoo Final ah

ވީއޭއެމް ރާއްޖެ ސުޕަ ލީގުގެ ސެމީ ފައިނަލުގައި ށ. ފުނަދޫގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި ލ. މާބައިދޫ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް މާބައިދޫ ދަތުރުކުރީ އެ ޓީމުގެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމަކީ ކ. ހުރާ އެވެ. ފުނަދޫ ސެމީ އަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގައި މިއަދު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ،25-14، 25-19 އަދި 25-15 އިންނެވެ.

މާބައިދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރު އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ސެމީ ފައިނަލު ދެވަަނަ މެޗުގައި ލ. ގަމުން ނުކުންނާނީ ކ. ހުރާއާ ދެކޮޅަށެވެ. އެ މެޗަށް ލ. ގަމުގެ ސަޕޯޓަރުންނަށް ހިލޭ ކޯޓަށް ވަދެވޭނެ އިންތިޒާމު ގަމު ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted